މާލެއާއި ހުޅުމާލޭގައި އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ބުނީ މާލެއާއި، ހުޅުމާލޭގައި ހުކުރު ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ގޮތަށް ބަލާއިރު، ހުކުރު ދުވަހު އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ބުރާސްފަތި ދުވަހަށްވުރެ ދަށްވެފައި ކަމަށެވެ.
މާލެއާއި، ހުޅުމާލޭގައި ހުކުރު ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ގޮތަށް ބަލާއިރު، ހުކުރު ދުވަހު އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ބުރާސްފަތި ދުވަހަށްވުރެ ދަށްވެފައި. އެގޮތުން އެންމެ ޕީކް ގަޑީގައި 90 މެގަވޮޓްގެ ކަރަންޓު ހުކުރު ދުވަހު ވަނީ ބޭނުން… pic.twitter.com/2AUddlbzGi
— STELCO (@STELCOMALDIVES) March 8, 2025
އެގޮތުން ހުކުރު ދުވަހުގެ އެންމެ ޕީކް ގަޑީގައި ބޭނުންކޮށްފައިވަނީ 90 މެގަވޮޓްގެ ކަރަންޓު ކަމުގައި ސްޓެލްކޯއިން ބުންޏެވެ.
ހޫނުގަދަ މަސްމަހުގައާއި ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާއިރު، މި މަސްމަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވާ ކަމުގެ ޝަކުވާތައް ރައްޔިތުން އަބަދުވެސް ކުރެއެވެ. މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުތަކުން މަދުވެގެން %10 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވައިފައެވެ. މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ބިލުތަކުން ވަނީ ޑިސްކައުންޓް ދީފައެވެ.
މި ލިޔުން ކިޔާލުމުން