Saturday, October 31
ފްލެޓަށް ޝަކުވާ ހުށަހަޅަން އެމްޑީޕީން ޕޯޓަލް އެއް ތައާރަފްކޮށްފި
މިދިޔަ މަހު އިއުލާންކުރި ފްލެޓް ތަކުގެ ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެމްޑީޕީން މިއަދު ޕޯޓަލް އެއް ތައާރަފްކޮށްފިއެވެ. މިއީ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތައާރަފްކުރި ޕޯޓަލް އެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެމްޑީޕީގެ މިދިޔަ ދައުރުގައި ހަދާފައި އާއްމުންނަށް ހުޅުވާލި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 މީހުންނަށް ފްލެޓް ދިނުމަށް ޝަރުތު ހަމަވާކަމަށް ބުނެ ލިސްޓް ވަނީ އާއްމުކޮށްފައެވެ. ނަމަވެސް ފްލެޓް ދިނުމުގައި ހައްގުވެރިކަން ކަނޑައެޅުމުގައި ކޮޕަރަޕްޝަންގެ ހިމެނޭ ކަމަށް ބުނެ އޭސީސީން ވަނީ އެ މައްސަލަ ބަލާފައެވެ. އެހެން ކަމުން އަލުސް ފްލެޓް ލިސްޓް އެކުލަވާލުމުގެ މަސައްކަތް ދޮޅު އަހަރަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އާއްމުކޮށްފައެވެ. ފްލެޓް ލިސްޓް ހައުސިން މިނިސްޓްރީން އާއްމުކުރި އިރު މިދިޔަ ސަރުކާރުގައި ފުލެޓު ލިބޭ ކަމަށް ކަނޑައެޅި 4،939 މީހެއްގެ ފޯމު އަލަން ބަލައި، މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވަނީ 1،820 މީހުންނަށެވެ. އެމްޑީޕީން ބުނަނީ މި ސަރުކާރުން ބަދަލު ގެނެސް އެތައް ހައްގުވެރިންނެއް އުނިކޮށްފައިވާކަމަށެވެ. އެމްޑީޕީން ވަނީ ފްލެޓު ލިސްޓާ ގުޅޭ ޝަކުވާއެއް އޮތްނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމާއި އެކަމަށް ޚާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7571637 ނަންބަރަށް ވަޓްސްއެޕް، ވައިބާ އަދި ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ގެދޮރުވެރިޔާ ސްކީމަށް ޚާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ.  މި ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 31 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން ޔާމިން - 2025-03-09T05:56:52

    ހަމަތިބެންޖެހޭނީ ޑރ މުއިޒް ސަތޭކަ