Saturday, October 31
ދަނޑުވެރިން އުފައްދާ ތަކެތި ސަޕްލައިކުރެވޭނެ ފުރުޞަތު ހޯދުމަށް މަޝްވަރާކޮށްފި
ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ރަނގަޅު އަގެއްގައި ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިނިސްޓްރީ އާއި ކަމާއި ގުޅޭ އެހެން އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދަނޑުވެރިންނަށް މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރުވި އޭގެ ސަބަބުން ދިރިއުޅުމަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ. ދަނޑުވެރިކަމަށް ޚާއްސަ ކުރެވިގެން އިޤްތިޞާދީ ޒޯނެއް މިއަހަރުތެރޭގައި ޤާއިމް ކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ މަޝްރޫއުއެއް ފެށިގެންދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު