Saturday, October 31
މަރާމާތުތަކަށްފަހު ރަސްފަންނު ވަގުތީގޮތުން ހުޅުވައިފި
މާފަންނުގައި އޮންނަ ހިތްގައިމު މައިޒާނެއްކަމަށްވާ ރަސްފަންނު ވަރަށް ބޮޑަށް ވީރާނާވެފައިވާތީ މަރާމާތު ކުރުމަށްފަހު ވަގުތީގޮތުން އާއްމުންނަށް ހުޅުވާލައިފިއެވެ. އިއްޔެ އެ ސަރަޙައްދު އަލުން މަރާމާތު ކުރުމަށް ބަންދު ކުރުމަށްފަހު އަލުން ވަގުތީގޮތުން ވަނީ އެސަހަރައްދު އާއްމުންނަށް ހުޅުވާލައިފައެވެ. ރައީސް މުއިއްޒު އެސަރަހައްދަށް ވަޑައިގެންނެވިއިރު ރައީސް އާއިއެކު ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.  އެތަނުގައި މިހާރު މަރާމާތު ކުރެވުނު ތަންތަނުގެ ތެރޭގައި މޫދައް އެރޭ ސަރަހައްދުގެ ޗަކަ ނެގުން، ފެންވަރާތަން މަރާމުކުރުން، ހަޓްތައް މަރާމތުކުރުން، ޖޯލިތައް އަދި ބާބަކިއު ހެދުމަށް ބޭނުންކުރާ ސްޓޭންޑްތައް ވެސް ވަނީ މަރާމާތު ކުރެވިފައެވެ. އެ ސަރަހައްދުގެ މޫދުގައި ޗަކަހެދިފައިވާތީ އެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި ބީޗް ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވާތީ އެ ސަރަހަށްދު އެޗްޑީސީގެ އެހީތެރިކަމާއި އެކު ވެލިއަޅާ ރަނގަޅުކޮށްފައިވާ ކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ. މީގެ އިތުރުން އިއްޔެ އެ ސަރަހައްދު އާއްމުންނަށް ހުޅުވުމުގެ ކުރިން ސިޓީސް މިނިސްޓްރީން ވަނީ އެ ސަރަހައްދަށް ދޮންވެލި ލާ ސާފުކޮށްފައެވެ. ރަސްފަންނު މަރާމާތު ކުރުމަށް ސަރުކާރުގެ އެސްއޯއީތައް ބޭނުން ކޮށްގެން އެއްހަފްތާ ތެރޭގައި ވަނީ ހައްލުކޮށްފައެވެ. މިނިސްޓަރ މުއްތޮލިބު ވިދާޅުވީ އެ ސަރަހައްދު މިހާރު ހަދާފައިވަނީ  ރައްޔިތުންނަށް އެތަން މިހާރު ބޭނުންކުރަން ހުރި ދަތިތައް ފިލުވާ ބޭނުންކުރެވޭނެ ގޮތެއް ހެދުމަށް ކަމަށެވެ. ނަމަވެސް  ރަސްފަންނު އެއްކޮށް ތަރައްގީ ކުރެވިގެން ދާއިރު އެސަރަހައްދުގައި ހުރި ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ. ސިޓީ ކައުނސިލްގެ ބެލުމުގެ ދަށުގައި އޮތް ރަސްފަންނު ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ޙަވާލުކުރީ މިނިސްޓްރީން އެދިގެންނެވެ. އެއީ އެތަން އަލުން ރީ ޑިވެލޕް ކުރުމަށް ކަމަށް މިނިސްޓަރ މުއްތޮލިބް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު