Saturday, October 31
ގަސްތައް ކަނޑާ މައްސަލައިގައި ކައުންސިލްގެ މައްޗަށް ދައުވާ ކުރަން ޖެހޭ: ނަޝީދު
މާލެ މަގުތަކުގައި ހުރި ގަސްތައް ކަނޑާ މައްސަލައިގައި މާލެ ސިޓީގެ ކައުންސިލްގެ މައްޗަށް ދައުވާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ. ވިލިމާލޭ މަގގުތަކެއްގައި ހުރި ބޮޑެތި ގަސްތަކެއް ކަނޑާފައިވާ ވީޑީއޯ އެއް ޕޯސްޓްކުރައްވާ، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އެ އިރެއްގައި ހިތުރުހުރި ގޮތަކަށް ގަސްތައް ކެނޑުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށެވެ. އެ ވީޑިއޯގައި ފެންނަނީ މަގުގެ ދެ އަރިމަތީގައި ހެދިފައިހުރި ގަސްތަކެއް ކަނޑައިފައިވާ ތަނެވެ. އަދި މަގުގެ އެއް އަރިމަތިން ގާތައް ނަގައިފައި ހުންނަ ތަންވެސް އެ ވިޑިއޯ އިން ފެނެއެވެ. ސަރުކާރުން މިހާރު ވަނީ މާލޭގެ އިތުރުން ވިލިމާލޭގެ މަގުތައްވެސް ޒަމާނީފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައެވެ. ވިލިމާލެ އަކީ މާލެއާއި ޚިލާފަށް ގްރީން އަވަށެއްގެ ގޮތުގައި އޮންނަ އަވަށެކެވެ. އެ އަވަށުގައި ގިނަ އަދަދަކަށް ގަސްތައް އެކި ސަރަހައްދުތަކުގައި ހުރެއެވެ. އަދި އެއީ އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައިވާ އަވަށެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު