Saturday, October 31
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ވަޑައިގެން އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. މިގޮތުން އެމަނިކުފާނު ވަނީ ރަސްފަންނުގައި ހަމަޖެހުން އަލުން ޤާއިމްކޮށް، އެތަނުގެ ކުރީގެ ޝަރަފަށް އިއާދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައިފައެވެ. ރައީސްގެ މި ޒިޔާރަތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، މަޖިލިސް މެންބަރުންނާއި، މަރާމާތުކުރުމުގެ މަސައްކަތުގައި އުޅޭ ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިފައެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވަނީ މިއަދު ވިދާޅުވެފައެވެ. އަލުން މަރާމާތުކޮށް ނިންމާ އާއްމުންނަށް ހުޅުވޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެއެވެ. ރަސްފަންނު ހަލާކުވެ ވީރާނެފައިވާތީ އެތަނުގެ ހާލަތާއި މެދު ރައީސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއި އެކު އެތަން މަރާމާތު ކުރުމުގެ ކަންކަން ވަނީ ހަލުވިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު