Saturday, October 31
ކަނޑުމަގުން އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 400 ވޭޕް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގެންފައިވަނީ ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސް އަށް ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއްގައި ހިމެނޭ މުދަލުގެ ތެރޭއިން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. އެ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން ބަލާ ޗެކް ކުރިއިރު 400 ވޭޕް ހިމެނޭ ޕެކޭޖެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. މިއަދު ފުލުހުންވެސް ވަނީ މާލޭގައި ވޭފްގެ ވިޔަފާރި ކުރާކަމަށް ފުލުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި ޚާއްޞަ އޮޕަރޭޝަނެއް ބަނަގްލަދޭޝް މީހަކު ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައިފާސްކޮށްފައިވެއެވެ. ބަލައިފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖްއާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހްޤީޤް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަސީމް - 2025-03-06T15:26:20

    އެހެންވީމަ ދިވެހިންތާ ދިވެހިރާއްޖެ ހަލާކުކުރަނީ! ގައިމު ގާނޫނުންވެސް މިހާރު މަނާކޮއްފަ އޮތް އެއްޗެއްކަން އިނގޭ! މީވެސް ދެން ހަދާނީ ސިޔާސީ ކަމަކަށް!