ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފިނިބުރެއް ބާއްވަން ނިންމައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި "އެކުވެރިކަމުގެ ފިނިބުރު 2025" ގެ ނަމުގައި ބާއްވާ މި ބުރު އޮންނާނީ ފަށާނީ މިއަދު 16:00 ގައި ހެދޮގޮނޑުދޮށް ސަރަހައްދުންނެވެ. އެ ވުޒާރާއިން ވަނީ މި ބުރު ދަތުރުކުރާނެ ގޮތުގެ ޗާޓެއްވެސް އާންމުކޮށްފައެވެ.
ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެކުވެރިކަމުގެ ފިނިބުރަށް އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން.#ދައުލަތުގެޓީމު | #ރޯދައިގެރޫހު pic.twitter.com/z11n9nELRB
— Ministry of Dhivehi Language, Culture and Heritage (@MoDLCH) March 6, 2025
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާގޮތަށް ހަމަޖެއްސެވީ 3 ޖަނަވަރީ 2018 ގައެވެ.
މި ދުވަސް ފާހަގަކުރުމަށް ނިންމެވީ މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި، 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެވުނު ދުވަސް ކަމަށް ވެފައި، އެ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ އެވެ.
މި ލިޔުން ކިޔާލުމުން