Saturday, October 31
ބިދޭސީންގެ ބައޯމެޓްރިކްސް ނެގޭނެ އިންތިޒާމު ކަލާފާނާއި ރެހެންދި ސްކޫލުގައި ޤާއިމްކޮށްފި

ބިދޭސީންގެ ބައޯމެޓްރިކްސް ނެގޭނެ އިންތިޒާމު ކަލާފާނާއި ރެހެންދި ސްކޫލުގައި ޤާއިމްކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް އެން.ސީ.އައި.ޓީ ގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަޙައްދުގައި ގާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމަށް 2025 މާރިޗު 09 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު، (ހުކުރުދުވަސް ފިޔަވައި) ހެނދުނު 09:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި 2025 މާރިޗު 06 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ދުވަހު (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 21:30 އިން 00:30 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު 7690228 އަށް ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު