ބުރާސްފަތި ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާން ކުރިއަށްގެންދާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަމުގައި އެ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން އެ ވުޒާރާއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު، 06 މާރިޗު 2025 އިން ފެށިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަމަށެވެ.
އެހެންކަމުން މި ތާރީޚުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުން މި ޚިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށަހަޅާއިރު، ތިއަރީ އިމްތިޙާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިޚްތިޔާރުކުރުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.
އެ ވުޒާރާއިން މިގޮތަށް ނިންމާފައިވާއިރު، 14 ނޮވެންބަރު 2023 އިން ފެށިގެން 15 ނޮވެމްބަރ 2023 ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ.
މި ލިޔުން ކިޔާލުމުން