Saturday, October 31
އޮފީސް ގަޑިއަށް ދަތި ނުވާގޮތަށް މުދާ އުފުލާ ގަޑިތަކަށް ބަދަލުތަކެއް

ރަމަޟާންމަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނެ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ އޮފީސްގަޑިތަކާ ދިމާކޮށް ޓްރެފިކް ބެލެހެއްޓުމަށް ފަސޭހަކުރުމަށާއި، މަގުތަކުގެ ޓްރެފިކް ކުޑަކުރުމަށްކަމަށެވެ.

މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މި ބަދަލާއި އެކު އަމަލުކުރެވޭނެއެވެ.

މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާއި ހަމައަށް މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އަށެވެ.

އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އާހަމައަށެވެ.

ވިޔަފާރި އުޞޫލުން މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދު ތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް އެ ވުޒާރާއިން ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން މިއަދުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހާ ހަމައަށް އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 9:30 އަށް، އަދި ހަވީރު 16:33 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ބަރު އުޅަނދު ދުއްވުމާއި ގަނޑުކޮށް މުދާ އުފުލުން މަނާވާނެއެވެ.

ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 16:30 އަށެވެ. އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށްކަމަށެވެ.

ރަމަޟާންމަހުގެ ފަހު 10 ގައި މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުތައް ދުއްވުމާއި، އެ އުޅަނދުތަކުގައި މުދާ އުފުލުން މަނާ ގަޑިތަކަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން ރަމަޟާންމަހުގެ ފަހު 10 ގައި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.

މުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު