Saturday, October 31
އަންހެނުންގެ ދުވަހާއި ގުޅިގެން މީރީ އިން ޚާއްސަ ކެމްޕެއިނެއް ފަށަނީ

މޯލްޑިވިސް އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިޔާ ކެމްޕެއިންނެއް ފަށައިފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން، މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރީ ޕްރޮޖެކްޓާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން ވަނީ "ހުނަރުވެރި ޒުވާނާ" ޕްރޮގްރާމްގެ ދަށުން، ވިޔަފާރިއާއި ތަފާތު އެކި ދާއިރާތަކުން ކާމިޔާބު ހޯދާފައިވާ އަންހެނުންނާއި ބައްދަލުކޮށް، އެ ކަނބަލުންގެ ތަޖުރިބާ މުޖުތަމަޢަށް ޙިއްސާކުރުމަށް ސޯޝަލް މީޑިޔާ ކެމްޕެއިނެއް ފަށާފައެވެ.

އަންހެނުންގެ ދުވަހަށް ޚާއްސަކޮށް ކުރިއަށްގެންދާ މި ކެމްޕެއިންގައި ބައިވެރިވެ، މަސައްކަތްކުރާ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އަމިއްލަ ތަޖުރިބާ ޙިއްސާކުރުމަކީ އެހެން އަންހެނުންނާއި އަންހެން ކުދިންނަށް، ބޭނުންވާ ދާއިރާއަކުން ކުރިއަރައި ދިޔުމަށް ލިބިގެންދާ އިތުރު ހިއްވަރެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މީރީ ޕްރޮޖެކްޓްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަށް މެދުވެރިކޮށް ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު