މެލޭޝިޔާގައި ގެއްލިގެން ހޯދާ ދިވެހި ރައްޔިތެއްކަމަށްވާ އަހުމަދު އުސައިދު އިބްރާހީމް އަފީފްގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ފެނިފައި ވާކަމަށް އުސައިދުގެ ބައްޕަ ބުނެފިއެވެ.
އުސެއިދުގެ ބައްޕަ، މަޝްހޫރު ގާނޫނީ ވަކީލު އިބްރާހީމް އަފީފް އަފީފް މިރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހުގެ 15:15 ގެ ފަހުން ސަންވޭ ޖިއޯ އިން ނުކުމެގެން ދިޔަގޮތަށް އެއްވެސް ހަބަރެއްނުވެގެން ، އެރޭ 10:00 ގައި އެކަން ފުލުހުންނަށާއި މެލޭޝިއާ އެމްބަސީއަށް ވެސް އެންގި ކަމަށެވެ.
"މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން ، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އުސައިދު ހޯދުމުގެ މަސައްކަތް ފެށި، އަދި އެކިއެކި ގްރޫޕްތަކުގައްޔާއި، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަން، އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު" އަފީފް ވިދާޅުވިއެވެ.

ނަމަވެސް އެއީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއްނުވުމުން، އެތަނުގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި ކަމަށް އަފީފް ވިދާޅުވި އެވެ. އިއްޔެ އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން އެނގިފައިވާކަމަށް އޭނާ ކިޔައިދިނެވެ.
ހައިކޮމިޝަނުންވަނީ އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާއި ހަވާލުކޮށްފައެވެ. ނަމަވެސް އުސައިދު އަދި އާއިލާއާއި ބައްދަލެއް ނުވާކަމަށާއި އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނެ ކަމަށް ބައްޕަ ލިޔުއްވާފައިވެއެވެ.
އަފީފް ވިދާޅުވީ ސީސީޓީވީ ކެމެރާތަކުން ފެނުނުއިރު، އުސައިދު ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.
މި ލިޔުން ކިޔާލުމުން