Saturday, October 31
ފެބުރުއަރީ މަހުގެ ނިޔަލަށް 4 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ނިމުނު ފެބުރުއަރީމަހު ރާއްޖެއަށް 200004 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 392389 ފަތުރުވެރިންނެވެ. ޖަނަވަރީމަހުވެސް ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 214،863 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

ފެބުރުއަރީ މަހުގެ ނިޔަލަށް ރާއްޖެއަށް 417234 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 392389 ފަތުރުވެރިނާއި އަޅާ ބަލާއިރު %6.4 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 57،000 އަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު