Saturday, October 31
މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން އަޒާން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ  އާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަކިކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން މަޖިލީހުގެ ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

241 ކޮމިޓީއަށް އަޒާންގެ ބަދަލުގައި ހަމަޖައްސާފައިވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެވެ.

މާލިއްޔަތު ކޮމިޓީއަށް އަޒާންގެ ބަދަލުގައި އައްޔަންކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.

އިމްތިޔާޒާ ސުލޫކު ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެ ކޮމިޓީއަށް ވަނީ އަޒާން ހަމަޖައްސާފައެވެ.

ޕެޓިޝަން ކޮމިޓީގައި ޕީއެންސީން ހިމެނިވަޑައިގެންނެވި މެންބަރު އައިފާންގެ ބަދަލުގައި އެ ކޮމިޓީއަށް ވެސް ވަނީ އަޒާން ހަމަޖައްސާފައެވެ.

އެ ދެ ކޮމިޓީން އަޒާން ވަކިކޮށްފައިވާއިރު، ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން އަޒާން ވޯޓް ދީފައިނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު