Saturday, October 31
މާލޭ ސިޓީ ކައުންސިލުން ގެނައި ދެ ޕަމްޕުން ގަޑިއަކު 11،356 ލީޓަރުގެ ފެން ބޭރުކުރެވޭ
މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓުގެ ދެ ޕަމްޕް ގެނެސް ބޭނުންކުރަން ފަށައިފިއެވެ. މާލޭ ސިޓީގެ މޭޔަރ، އާދަމް ޢާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އާންމުކޮށް ބޭނުންކުރާ ޕަންޕުތަކަށް ވުރެ 10 ގުނަ ބާރުމިނުގަ ފެންބޭރުކުރާ ޕަންޕު ތަކެއް ކަމަށާއި، އާންމުކޮށް ގެންގުޅޭ ޕަންޕުތަކުން ފެންނަގާ ހޮޅީގައި ކުނިޖެހުމުން ދޭތެރެ ދޭތެރެއިން ހުއްޓާލަން ޖޭހޭނެ ނަމަވެސް މި އަލަށްގެނައި ޕަންޕްތައް ފެންނަގާ ހޮޅީގަ ކުނިޖެހިގެން ނުހުއްޓޭތީވެ، ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ފެންބޭރު ކުރަމުންދާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި މާލެ ސިޓީ ރައްޔިުންްނަށް ޒަމާނުއްސުރެ ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ﷲ ސުބުހާނަހޫ ވަތައާލާގެ ހެޔޮރަހުމަތުން ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމުގައި މޭޔަރ ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލުން ގެނައި ދެޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި، މި ޕަމްފުން މިނެޓަކު 11،356.24 ލީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1،300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ. ސިޓީ ކައުންސިލުން ވަނީ މި ދެ ޕަމްޕްވެސް ދިފާޢީ ވުޒާރާގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމައި، މިދިޔަ ހުކުރު ދުވަހު އެ ވުޒާރާއަށް އެކަން އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު