Friday, November 6
ވިއްސާރައާ ގުޅިގެން މާލޭގެ 131 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
ވިއްސާރައާ ގުޅިގެން މާލޭގެ 131 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނީ އެ މުއައްސަސާއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 976 ވެލި ބަސްތާ ވަނީ ޖަހައިދީފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ކ. މާފުށި، އދ. މާމިގިލީގައި ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން ހިންދުމުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި، ވެލި ބަސްތާ ތައްޔާރުކޮށް، ވެލި ބަސްތާ ޖެހުމަށް ފުލުހުންނާ ގުޅިގެން ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ވެސް ހަރަކާތެރިވެފައިވެއެވެ. މި މަސައްކަތް ދާގޮތް މިނިސްޓަރ އާދަމް ޝަރީފް ވެސް ވަނީ ބައްލަވާލައްވާފައެވެ. ރާއްޖެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު