Saturday, October 31
ދަރުމަވަންތަ، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީތައް މިއަދު ބަންދު

ވިއްސާރައިގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތްތައްވެސް ބަންދުކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމުގައި ބުނެފައިވަނީ މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗު 2025 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެންނާއި، ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވެ، ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އެނބުރި ދިއުމަކީ ތަކުލީފަކަށް ވާނެތީ ދަރުމަވަންތައާއި އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މިއަދު ބަންދުވާނެ ކަމަށެވެ.

އެހެންނަމަވެސް، އައިޕީޑީ އަދި އިމަޖެންސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ، މާރިޗު 2، 2025 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

މާލޭގައި ފެންބޮޑުވެފައިވާއިރު، މާލެ ކައިރިން ކ.ހުރައާއި ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރުންވަނީ އެ ދެ ރަށުގައިވެސް ފެން ހިންދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރިއަށްގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު