ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގައި ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގޭބިސީތަކުން ފެން ހިންދުމުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުނެވެ. މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި، ވެލި ބަސްތާ ތައްޔާރުކޮށް، ވެލި ބަސްތާ ޖެހުމަށް ފުލުހުންނާ ގުޅިގެން ސިޓީސް މިނިސްޓްރީގެ މުވައްޒަފުން ދަނީ ހަރަކާތެރިވަމުންނެވެ. މި މަސައްކަތް ދާގޮތް މިނިސްޓަރ އާދަމް ޝަރީފް ވެސް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ކުރިން ހައުސިން މިނިސްޓްރީ ހުރި ބިމުގައި ވެލި ބަސްތާ އެޅުމުގެ މަސައްކަތް ކުރިއަށް ދެއެވެ.އަދާހަމަ#: މި އޮޕަރޭޝަންގެ މަސައްކަތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައިފަ. pic.twitter.com/2r3OieNFXX
— Maldives National Defence Force (@MNDF_Official) March 2, 2025
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ބައެއް ރަށްރަށުން ވިއްސާރައިގެ ގެއްލުން ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފެން ބޮޑުވުމާއި، ފެންބޑުވުމުގެ ސަބަބުން ގެތަކުން ނަޖިސް ލީކްވުން ފަދަ ކަންކަން ހިނގާކަން ރިޕޯޓް ކުރެވޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެ އިދާރާއިން ވަނީ މިކަމަށް އިޖާބަ ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި މީހުން ވަގުތީ ގޮތުން ބަދަލުކުރަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުކަމަށް ވެސް ޑިޒާސްޓަރ އިން މައުލޫމާތުދެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރަނީ ވާރޭ ހުއްޓާލާނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށްޓަކައި، ވެލި ބަސްތާ ތައްޔާރުކޮށް، ވެލި ބަސްތާ ޖެހުމަށް ފުލުހުންނާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން. މި މަސައްކަތް… pic.twitter.com/arMJQKebUQ
— Ministry of Cities, Local Government, Public Works (@MoCLPmv) March 1, 2025






