Friday, November 6
މޫސުން ގޯސް: އޮރެންޖު އެލާޓް ހެނދުނު 7:00 އަށް އިތުރުކޮށްފި

ރޭ މޫސުމާ ބެހޭ ޤައުމީ އިދާރާއިން 21:45 އިން ފެށިގެން ނެރުނު އޮރެންޖު ސަމާލުގެ މުހުލަތު ދެވަނަ ފަހަރަށް އިތުރުކޮށް، މިއަދު ހެނދުނު 7:00 އާ ހަމައަށް ދަންމާލައިފިއެވެ.

ރޭ އިރުއޮއްސުމަށްފަހު ވެހެން ފެށި ބޯ ވިއްސާރައާ ގުޅިގެން އެންމެ ފުރަތަމަ އޮރެންޖު ސަމާލު ނެރުނީ 9:45 އިން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށެވެ. އޭގެ ފަހުން މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް އެ ސަމާލު ދެމެހެއްޓުމަށްފަހު، 3:00 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް އޮރެންޖު ސަމާލު ނެރެފައިވެއެވެ.

ހުއްޓުމެއް ނެތި ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވާނެ ކަމުގައި ލަފާކުރެވޭތީ އޮރެންޖު ސަމާލު ނެރުނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ހުރި ރަށްތަކަށެވެ. އެ ދެމެދުގައި ހިމެނޭ އަތޮޅުތަކަކީ؛ ބ.، ކ.، އއ.، އދ.، ވ.، މ.، ފ.، އދި ދ. އަތޮޅެވެ.

މިއަދު ހެނދުނު 9:30 އާއި ހަމައަށް ހއ އިން ފަށައިގެން ށ އަތޮޅާއި ހަމައަށް މިހާރު ވަނީ އޮރެންޖް ސަމާލުވެސް ނެރެފައެވެ. އެއީ ބޯކޮށް ވާރޭވެހި ގުގުރާ ވިލާގަނޑުގައި ގަޑިއަކު 40 މޭލއަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ. ވިއްސާރައިގެ ސަބަބުން މާލޭގެ އިތުރުން ކ.ގުރައިދޫ އަދި ކ.ހުރާގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް އެބަގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު