Saturday, October 31
ހުރިހާ އިދާރާއެއް ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފި: ތަރުޖަމާނު
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްދަނީ ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވާކަމަށެވެ. ފުލުހުންގެ އިދާރާއިން އަދި އެމްއެންޑީއެފް އިން ވެސް ވަނީ ފެން ވަންނަމުންދާ ގެތަކަށް ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގޭގެއަށާއި ފިހާރަތަކަށް ފެން ވަނުން ރައްކާތެރިކުރުމަށް ވެލިބަސްތާ ޖެހުމާއި ފެން ވަދެފައިވާ ގެތަކުން ފެން ހިންދުމުގަ އާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ އަދަދެއްގެ ފުލުހުނހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މެޓުން ވަނީ, ބ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު ސަމާލު ނެރެފައެވެ. މި ސަމަލު ނެރުނީ، މިރޭ 9:45 އިން ފެށިގެން މެންދަމު 2:00އާ ހަމައަށެވެ. ސަމާލު ނެރުނީ އެ އަތޮޅުތަކަށް ގުރުގުރުމާ އެކު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި ރާއްޖެއަށް ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެއެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު