Saturday, October 31
އައްޑޫ ސިޓީ ކައުންސިލްގެ ދީނީ ސުވާލު މުބާރާތުގައި ބައިވެރިވެގެން ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުޞަތު

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ސިޓީގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދީނީ ސުވާލު މުބާރާތެއް ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަމަށާއި، އައްޑޫގައި ރަށްވެހިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ސުވާލުތަކަށް ޖަވާބު ދެވޭނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން، ކޮންމެ ދުވަހަކު 10:00 އިން 16:00 އަށް ކަމަށާއި، ކޮންމެ ދުވަހެއްގެ ސުވާލާއި ޖަވާބު އެ ދުވަހެއްގެ 18:00 ގައި ސިޓީ ކައުންސިލްގެ މީސްމީޑިއާގައި ހިއްސާކުރެވޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ސުވާލުތަކަށް ޖަވާބު ދޭނީ ސުވާލާ އެކުގައިވާ ލިންކުގައި ހިމެނޭ ފޯމު މެދުވެރިކޮށް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތް ހޮވާނީ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ. މިގޮތުން މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު