Saturday, October 31
މާލޭގެ ހަތަރު ސަރަހައްދެއްގައި ފެން ހިންދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ފެން ހިންދުމުގައި މާލޭގެ 4 ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ އަށް ރައްޔިތުން ތައްރާރުވުމުގެ ކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް ސަރުކާރުން ވެސް ވަނީ ފަށަފައެވެ. އެގޮތުން ސަރުކާރުން ވަނީ މުލަ ރޯދަ ދުވަހަށްތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތް ފަށާފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މާލޭގައި އާއްމުކޮށް ވާރޭވެހި ފެންބޑުވާ ސަރަހައްދުތަކުގެ މަގުތައްވެސް ދާދި ފަހުން ވަނީ މަރާމާތުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު