Saturday, October 31
މަސްދަޅު ދޫކުރާ ގަޑިއަށް ބަދަލު ގެނެސްފި

ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ދޫކުރާ ގަޑިއަކަށް ބަދަލުގެނެސްފިއެވެ.

ދުވާލު ހޫނުގަދަ ކަމަށް ފެންނާތީ މަސްދަޅު ކޭސް ބެހުން ކުރިޔަށް ގެންދަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.

މަސްދަޅު ބަހާގަޑިއަށް ބަދަލުމިގެނައީ މާދަމާ އަކީ ރަމަޟާން މަސް ފެށެ ދުވަސްކަމަށްވާތީއެވެ.

މަސްދަޅު ކޭސް ބަހާ ގަޑިތައް

  • 28 ފެބްރުއަރީ: 21:30 - 23:30
  • ދޭއް މާރިޗުން ފެށިގެން 10 މާރިޗަށް: 21:30 - 23:30

މާޗު މަހުގެ އެއްވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވުމާއެކު އެ ދުވަހު މަސްދަޅު ކޭސް ނުބަހާގޮތަށް ވަނީ ނިންމައިފައެވެ.

މަސްދަޅު ދޫކުރަމުން އަންނަނީ ކުރިއާލާ ޓޯކަން ނަގައިގެންނެވެ.

ރަމަޟާން މަހާއި ދިމާކޮށް ރައްޔިތުންނަށް  ރޯދަ ހަދިޔާ ބަހަން ނިންމީ މިދިޔަ އަހަރުން ފެށިގެންނެވެ. މިދިޔަ އަހަރު ކާޑުގެ ބާވަތްތަކުގެ އިތުރުން ކަރަންޓް ބިލުން ޑިސްކައުންޓް ދީފައިވެއެވެ. މިއަހަރުވެސް ކަރަންޓް ބިލުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު