— Dr Ali Haidar Ahmed (@min_mohe) February 27, 2025ގެދޮރުވެރިޔާގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ލިސްޓުގައި ހައިދަރުގެ ދެމަރިފިންނަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އެހެންވެ ހައިދަރުގެ ދެމަފިރިންނަށް އޮތީ ފްލެޓް ލިބިފައެވެ. އެދެމަފިރިން ކޯ އެޕްލިކަންޓްގެ ގޮތުގައި ކުރިމަތިލާ ފްލެޓަށް ޝަރުތު ހަމަވުމާއި އެކު ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ހައިދަރަށް ފްލެޓް ލިބުމުން އެކަމާ ގުޅިގެން ހައުސިންގ މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހައިދަރުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި އޭރު ވެސް ހިމެނިފައި އޮތް ކަމަށެވެ.
ސޯޝަލް މިޑިއާގައި ފާޑުކިޔަމުންދަނީ އެ ދެމަފިރިން މީގެ ކުރިން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ފްލެޓް ލިސްޓަށް ޝަރުތުހަމަވުމުންނެވެ. މިއަދު ހައުސިންގ މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތުހަމަވާ މީހުންގެ ލިސްޓް އާއްމުކޮށްފައެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މާރޗް 31 ގެ ނިޔަލަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.މިނިސްޓަރ ޑރ އަލީހައިދަރު އަހްމަދުގެ ދެ ކަނބަލުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ގެދޮރުވެރިޔާ ސްކީމަށް ހުށަހެޅި ފޯމަށް ކުރީގެ ސަރުކާރުން ޕޮއިންޓް ދިނުމަށްފަހު 15 ނޮވެންބަރު 2023 ގައި ނެރުނު ލިސްޓުގައި 75 ޕޮއިންޓް ލިބިގެން ފްލެޓްލިބޭ މީހުންގެ ލިސްޓްގައި އެފަރާތްތައް އޭރުވެސް… https://t.co/OYv9n7Ltlr pic.twitter.com/AxlBKVWW7E
— Abdulla Muththalib (@muththo) February 27, 2025






