Saturday, October 31
ދެ ކޮޓަރި ފްލެޓްގެ ކުލި 8000 ރުފިޔާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ކުލި އާއްމުކޮށްފިއެވެ.

ފުލެޓު ލިސްޓު އާންމުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން، ދެ ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ ކުލީގެ ގޮތުގައި 5،000 ރުފިޔާ ކަމަށްވާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓަށް ކަނޑައަޅައިފައިވަނީ 7،000 ރުފިޔާ ކަމަށެވެ. ނަމަވެސް މިއީ މި ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި، އެސެސްމެންޓް ހަދުމަށް ފަހު ކަނޑައަޅާފައި ހަދައިފައި ހުރި އަދަދުތަކެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް 2 ގައި  މިހާރު ހަދަމުން އަންނަ ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރާނީ 8،000ރ. އަށެވެ.  ތިން ކޮޓަރީގެ ފްލެޓް ދޫކުރާނީ 10،500ރ. އަށް ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވިއެވެ.

އެއީ ދެ ކޮޓަރީގެ ކުލި 7000 ރުފިޔާ އަދި މެއިންޓަނަންސް އަށް 1000 ރުފިޔާ ހިމަނައިގެންނެވެ. މީގެ އިތުރުން ސެކިއުތިޓީގެ ގޮތުގައި 15000 ރުފިޔާ ނަގަން ވަނީ ނިންމާފައެވެ.

ތިން ކޮތަރިއަށް ކުލި 9000 ރުފިޔާ، މެއިންޓަނަންސް 1500 ރުފިޔާ އަދި ސެކިއުރިޓީ ފީގެ ގޮތުގައި 25000 ރުފިޔާ ނަގާނެއެވެ.

ކުރީ ސަރުކާރުން އިއުލާންކުރި އަދަދަށް ވުރެ ބޮޑަށް ކުލި ހަމަޖެއްސީ އެއީ ދައުލަތުން ލޯން ފައިސާ ދައްކައިގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ ކަމަށެވެ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000ރ. ކުއްޔަށް ނަގަންޖެހޭނެ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

އެހެން ކަމުން ކުއްޔަށް ބަދަލުގެނައީ އިކޮނޮމިކް ކައުންސިލާއި މަޝްވަރާކުރުމަށް ފަހު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު