Saturday, October 31
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެއް މަސްދުވަހުގެ މުއްދަތެއް

ހަތަރު ހާސް ފްލެޓް ހައްޤުވާ ފަރާތްތަކުގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އެއްމަސްދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. އަބުދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ހުށަހެޅޭ ޝަކުވާއަށް ބަލައި ކޮންމެ ކޭސްއެއް ވަކިން ބަލާނެކަމަށެވެ. އެއާއި އެކު ބާކީ ހުރި ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބާކީ ހުރި ލިސްޓްތައް މުވައްޒަފުން އިތުރުކޮށްގެން ނަމަވެސް ވީހާވެސް އަވަހަށް އިވެލުއޭޓް ކޮށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ފްލެޓްތައް ނިމޭވަރަކުން އެތަންތަނަށް މީހުން ވެއްދުން ކަމަށެވެ.

މި ޕްރޮޖެކްޓް ޖުލައި މަހަށް ނިންމަންޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެެސް އަވަހަށް މަސައްކަތް ނިންމަން ކަމަށެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ ލިބޭ ކަމަށް ޝަރުތުހަމަވީ 1820 މީހުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބުދުﷲ މުތަލިބު މިއަދު ވިދާޅުވިއެވެ.ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހުންނެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު