Saturday, October 31
ހަތަރު ހާސް ފްލެޓަށް ޝަރުތު ހަމަވީ 1،820 މީހެއް

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ ލިބޭ ކަމަށް ޝަރުތުހަމަވީ 1820 މީހުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބުދުﷲ މުތަލިބު ވިދާޅުވެއްޖެއެވެ.

ފްލެޓް ލިސްޓް މިއަދު އާއްމުކުރުމުގެ ކުރިން މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ޕްރެސްކޮންފަރެންސްގައި މިިނިސްޓަރ ވިދާޅުވީ ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ކުރިއަށްގެންދިޔަ ޕްރޮސެސްގެ ތެރެއިން ގެނައި ބަދަލާއެކު ޕޮއިންޓަށް އައި ބަދަލުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް ކަނޑައަޅަފައިވާ މިންވަރަށް ޕޮއިންޓް ނުލިބޭ،" މުތަލިބު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މި ފަހަރުގެ އިވެލުއޭޝަންގައި ކަނޑައެޅީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ކަމަށާއި އެ މީހުންގެ ތެރެއިން ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާން އޮތީ 73 ޕޮއިންޓު ލިބިގެންނެވެ.

މުއްތަލިބު ވިދާޅުވީ ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހުންނެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހުންނެވެ.

ފްލެޓް ހައްގުވާ ފަރާތްތަކަށް ދިނުމަށް ކުރި މަސައްކަތުގައި ކުރީ ސަރުކާރުން ނެރުނު ލިސްޓުގައި ނުހިމެނޭ އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ ކަމަށާއ ލިޔެކިޔުންތައް ހަމަނުވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން މި ލިސްޓުގައި ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު