Saturday, October 31
ބުޅާ ފެސިލިޓީ މިނިސްޓްރީ އާއި ހަވާލުކޮށްފި
މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް "އޮޅުހިޔާ" ދިރޭ ތަކެއްޗާޢި ބެހޭ މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ. "އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ. މި ފެސިލިޓީ މި ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލުން ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހިމް އެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ. ޕެޓް ކެއަރ ފެސިލިޓީ ނުވަތަ އޮޅު ހިޔާ ތަރައްޤީ ކުރީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މާލެ ސިޓީކައުންސިލާއި ހަވާލުކޮށްގެންނެވެ. ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް މިއަދާ ހަމައަށްވެސް ފެށިފައި ނުވަނީ، މިނިސްޓްރީން ދީފަައިވާ، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީ ކަމަށް މިނިސްޓރީން މައުލޫމާތު ދެއެވެ އަދި މީގެ އިތުރުން ވެޓްރިނަރީ ލައިސަންސް ލިބިފައިނުވުމާއި، ޑޮކްޓަރުންނާއި ނަރުހުން ވެސް ނަގާފައިނުވާތީކަން މިނިސްޓްރީން ފާހަގަކުރެއެވެ. މިނިސްޓްރީން ބުނީ ވީ އެންމެ އަވަހަކަށް އެތަނުގެ ޚިދުމަތްތައް ފެށުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު