Saturday, October 31
އައްޑޫ ޓޫރިޒަމް ވިޔަފާރިއަށް 40 ބިން ދޫކުރަން ހުޅުވާލައިފި

އައްޑޫ ސިޓީގެ ބައެއް ރަށްތަކުން ޓޫރިޒަމް ވިޔަފާރި އަށް ސާޅީސް ބިން ކުއްޔަށް ދޫކުރުމަަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކޮށްފައިވަނީ ޓޫރިސްޓް ގެސްޓްހައުސް އާއި ސިޓީ ހޮޓެލް ތަރައްޤީ ކުރުމަށް ބިން ދޫކުރަނީ ހިތަދޫ، ފޭދޫ އަދި ހުޅު-މީދޫ އިންނެވެ.

މި ހަތަރު ރަށުގެ ތެރެއިން އެންމެ ގިނަ ބިން ދޫކުރަނީ ހުޅުދޫ އިންނެވެ. އެއީ 15 ބިމެވެ. އެއީ 60 ކޮޓަރީގެ ސިޓީ ހޮޓާ އެޅުމަށް ދިހަ ހާސް އަކަފޫޓުގެ ދެ ބިމެވެ. ބާކީ ހުރި ބިންތައް ދޫކުރަނީ ގެސްޓް ހައުސް އެޅުމަށެވެ.

ހިތަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 13 ބިމެވެ. އޭގެ ތެރެއިން ސިޓީ ހޮޓާ އަޅަން ތިން ބިިން ދޫކުރާއިރު ބާކީ ހުރި ބިންތައް ދޫކުރަނީ ގެސްތް ހައުސް އެޅުމަށެވެ.

ފޭދޫން ދޫކުރަނީ ޖުމުލަ ތިން ބިމެވެ. އެއީ ގެސްޓް ހައުސް އެޅުމަށެވެ.

މި ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަންޖެނީ މިއަދުން ފެށިގެން މާރޗް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައްޑޫ ސިޓީން މީގެ ކުރިންވެސް ޓޫރިސްޓް ގެސްޓް ހައުސް ތަރައްޤީކުރުމަށް ބިން ދޫކުރިއެވެ. އެހެން ނަމަވެސް ގިނަ ތަންތަނުގައި އެެއްވެސް މަސައްކަތް ނުކުރާތި އެތަންތަން ވަނީ ނަގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު