Saturday, October 31
އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ބުރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:49 ހާއިރު ކަމަށެވެ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑްގައި، މަރަދޫން ހިތަދޫ ކޮޅަށް ދުއްވާފައި ގޮސް ބުރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، ބުރިޖުގެ ފެންސުގައި ޖެހި ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ކ. މާލެ، ގ. ނައިޓް ޑްރީމް، ލީވާން ޢަބްދުއްސައްޠާރެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު