Saturday, October 31
ހިޔާ ފުލެޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހިޔާ ފުލެޓެއްގައި ވަޅިން ބިރުދައްކައި މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ 22:54 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުގެ އެޕާޓްމަންޓެއްގައި ވަޅިން ބިރުދައްކައި، މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ފިޔާތޮށިގެ، މުޙައްމަދު ލުބާން ގައްހާރު (26 އ) އެވެ.

ފުލުހުން ބުނީ ލުބާންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު