Friday, November 6
ށ އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް ށ. އަތޮޅުގައި އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންސް މުހައްމަދު ޝަމްއާން ވަހީދެވެ. މިދިޔަ އަހަރު ލ އަދި ދ އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށާފައިވާއިރު މިދިޔަ މަހު ހއ. އަތޮޅުުގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ދޭން އިމިގްރޭޝަނުން ވަނީ ފަށާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ، ހދ  އަދި ގދ އަތޮޅުގައިވެސް ޕާސްޕޯޓްގެ ޚިދުމަތް ލިބެއެވެ. އިމިގްރޭޝަނުން މިހާރު ވަނީ މިއަހަރު ޕާސްޕޯޓްގެ ޚިދުމަތް ދިނުމަށް މަގުޗާޓެއް އެކުލަވާލާ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ފަށާފައެވެ. އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު