އާދިއްތަ, November 1
ޒަކިއްޔާ މަރުވެފައޮތް ގޮތް އެއީ އާދައިގެ މަރެއް ކަމެއް ގަބޫލު ނުކުރެވޭ: ސީޕީ ޝުޖާއު

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ގެ މަރުގެ ތަހްްގީގް ލަސްވަނީ، އެއީ އާދައިގެ ގޮތަކަށް މަރުވެފަ އޮތްކަމަށް ގަބޫލުނުކުރެވޭތީވެ އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތަށް ދުވަސް ނަގާތީ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިހެން ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ރަންޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު އެ ރަށަށް ވަޑައިގެން އެރަށު ރައްތޔިތުންނާ ރޭ ބައަދަލު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ އެކަން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއީ މަރުގެ މައްސަލައެއް ކަމަށްވާތީ މައްސަލައިގެ ފުންމިނަށް ދިއުމަކީ އޭނާގެ ވެސް ޒިންމާއެއް ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ބޭރުގެ ދެ ޓީމަކާ ބައްދަލުކުރައްވާ އެބޭފުޅުންގެ ރައުޔު ވެސް ހޯދާފައި ވާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޕެތަލޮޖިސްޓެއްގެ އިތުރުން ނަފުސާނީ އިލްމުވެރީންނާއި މިކަލަ މައްސަލަތަކުގެ ތަޖުރިބާކާރުންނާ އެކު މަސައްކަތްތަކެއް މަސައްކަތް ކުރުމުގެ ކަންކަންވެސް ކުރިއަށް ދާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށްވެސް އެނގޭ މި ތަހުގީގުގަ ހަމަ ތި ބޭފުޅުންވެސް ތި ފާހަގަކުރައްވާ ގޮތަށް ހައެއްކަ މަސް ވަނީ މި އެނގިލައްވާނެ މި ތަހުގީގުގަ އަޅުގަނޑުމެން ވަކި ގޮތެއް ނިންމާ ވަކި ގޮތަކަށް ހަދާނަމަ މިހާ ދުވަހެއް މިކަމަކަށް ނަގާކަށް ނުޖެހޭނެ." އަލީ ޝުޖާއު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ ސީޕީ ސުޖާއު އަދި މިނިސްޓަރު އިހުސާނަށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. އެގޮތުން ފުލުހުންގެ ފޮރެންސިކް ޓީމު އެރަށަށް އައުމުގެ ކުރިން، ފުލުހުން "ކްރައިމް ސީން" ރޫޅާލިކަމަށް ތުހުމަތުކޮށް ވާހަކަދެއްކިއެވެ.

މިނިސްޓަރު ވަނީ މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާކަން ގަބޫލުކުރައްވާ ކަމަށް ރޭ ވިދާޅުވެފައެވެ.

ޒަކިއްޔާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ވަގުތެއްގައެވެ. މީހަތަނަށް މި މަައްސަލައިގެ ތަހްޤީގަށް އެއްވެސް މީހަކު ހައްޔަކުކޮށް ތަހްޤީީގްގެ މާބޮޑު ތަފްޞީލެއް ފުލުހުން ހާމަނުކުރެއެވެ.

އެކަމާއި ދެކޮޅަށް ނ. ހޮޅުދޫ ގައި ރައްޔިތުން ސިލްސިލާކޮށް ދަނީ އަޑުއުފުލުންތައް ބާއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު