Saturday, October 31
ހުރިހާ ރަށެއްގައި އޭޓީއެމް ގެ ޚިދުމަތް ލިބޭ ފުރަތަމަ އަތޮޅަކަށް ދ. އަތޮޅު
ދ. ހުޅުދެލީގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ދ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމް ގެ ޚިދުމަތް ލިބިއްޖެއެވެ. މިއީ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ޚިދުމަތް ލިބޭ ފުރަތަމަ އަތޮޅެވެ. ރައީސް ދ އަތޮަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ހުޅުދެލީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް ދ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު މީދޫ، ރިނބުދޫ ، ބަނޑިދޫ ، މާނއެނބޫދޫ އަދި ކުޑަހުވަދޫގައި ވަނީ  އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. ދ އަތޮޅަކީ ސަރުކާރުން ތަރައްޤީ ކުރާ އާރބަން ސަރަހައްދުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު