އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެދަށުގައި އޮތް، ދ. އަތޮޅު އުއްދޫ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އާއި ހަވާލު ކޮށްފިއެވެ.
އުއްދޫ ސިޓީސް މިނިސްޓްރީއާއި ރަސްމީކޮށް ހަވާލު ކުރެއްވީ، މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުއްދޫ ރަސްމީކޮށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މިނިސްޓަރ އާދަމް ޝަރީފް އާއި ހަވާލު ކުރެއްވީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ، އެވެ.
ދ. އުއްދޫ ކުރިން ބޭނުންކުރަމުން ގެންގޮސްފައިވަނީ އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުޞޫލުން ނެވެ.
President Dr @MMuizzu visits Dh. Uhdhoo, following last night's ceremony, to officially designate it as a picnic island.
During last night’s ceremony, an agreement was exchanged between the Ministry of Agriculture and Animal Welfare and the Ministry of Cities, Local Government… pic.twitter.com/iDlq1jrSiP
— The President's Office (@presidencymv) February 25, 2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫއަށް ވަޑައިގެން މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދ. އުއްދޫ ބަލަހައްޓަވާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން