Saturday, October 31
ޕޮލްކޯގެ ސީއީއޯގެ މަޤާމުން އަނީސް ސަސްޕެންޑްކޮށްފި

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުން އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު އަނީސް ސަސްޕެންޑްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޕޮލްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ނިމެންދެން ސީއީއޯގެ ޒިންމާތަކުން އޭނާ އެކަހެރި ކުރުމަށް އާދީއްތަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަނީސް ސަސްޕެންޑްކުރުމާ ގުޅިގެން ޕޮލްކޯ ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ، ޕޮލްކޯގެ ސެކްރެޓަރީ ޖެނެރަލް، އިބްރާހީމް ޚަލީލާ ހަވާލުކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އިބްރާހީމް ޅަލީލަކީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަޤާމުން ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ޕޮލްކޯގެ ސީސީއޯގެ މަޤާމުން އަނީސް ސަސްޕެންޑްކޮށްފައިވަނީ މިހާރު ބަލަމުންދާ ޕޮލިސް ފުލެޓުތަކުގެ މައްސަލައިގައި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު