Saturday, October 31
މާލެ ސަރަހައްދުގެ 15000 ގޭބިސީ އަށް މަސްދަޅު ދޫކޮށްފި
މި އަހަރުގެ ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު، މާލެ ސަރަހައްދުން މިހާތަނަށް 15000 ގޭބިސީތަކަށް ދޫކޮށްފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިިނިސްޓަރ ވިދާޅުވެއްޖެއެވެ. މިނިސްޓަރ އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ ، މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިޔަށްދާކަން ކަމަށެވެ. އަދި ޚައްޞަ އެހީތެރިކަން ބެނުންވާ އާއިލާތަކަށް އިތުރަށްފަސޭހަކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. " ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނަން. ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން" މިނިސްޓަރ ވިދާޅުވިއެވެ. މަސް ދަޅު ދޫކުރަން މިހާރު އިތުރު ސަރަހައްދު ހަމަޖަައްސާ ޓޯކެން މެދުވެރިކޮށް ދާން ބޭނުންވާ ތަން ހަމަޖެއްސުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު