ޖަރުމަނުގައި އިއްޔެ ބޭއްވި އާއްމު އިންތިހާބް، ފްރިޑްރިޝްޒް މާޒްގެ ޔޫނިޔަން ޕާޓީ އިން ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ކުރިޔަށް ދިޔަ އިންތިހާބް ގެ އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން ކަނާއަތު ފިޔައިގެ ވިސްނުން ގެންގުޅޭ މާޒްގެ ޔޫނިޔަން ޕާޓީ އިން ވަނީ ޕާލަމެންޓްގެ 208 ގޮނޑި މިހާތަނަށް ކަށަވަރު ކޮށްފައެވެ.
މާޒް ވަނީ ކެމްޕެއިން ތެރޭ ހިޖުރަވެރިން އަށް ޖަރުމަނުގެ ބޯޑަރު ހަރުކަށި އުސޫލުގެ ތެރެއިން ބަންދު ކުރުމަށް ވަކާލާތު ކޮށް ނޭޓޯ އެމެރިކާގެ ވަކިތަކުން މިންޖު ކުރާނެ ކަމަށް ވައުދު ވެފައެވެ.އަދި ޓްރަމްޕް ސަރުކާރުގެ އިސް ފަރާތެއް ކަމުގައިވާ، އީލާން މަސްކު ޖަރުމަނުގެ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކޮށްފައެވެ.
''އަހަރެންގެ އެންމެ އިސް ސިޔާސަތަކަށްވާނީ އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ޔޫރަޕް ވަރުގަދަ ކުރުން، އޭރުން މަޑު މަޑުން ޔޫރަޕް އަދި ނޭޓޯ އެމެރިކާގެ ވަކި ތަކުން ނެއްޓޭނެ'' ކެމްޕެއިން ނިންމާލުމަށް ބޭއްވި އެއްވުމުގައި މާޒް ބުނެފައިވެއެވެ.
މާޒް އިތުރަށް ބުނި ގޮތުގައި އެމެރިކާ އިން ޔޫރަޕްގެ ސިޔާސަތުތަކަށް ބާރު ފޯރުވުން މިހާރުގެ އެމެރިކާ ސަރުކާރާއި އެކު ވަނީ ނިމުމަކަށް އައިސްފައެވެ.އެމެރިކާގެ މިހާރުގެ ސިޔާސަތަކީ ރަޝިޔާ އިން ބޭނުންވާ ގޮތަކަށް ދީލާލުން ކަމަށް މާޒް ބުންޏެއެވެ.
32 މެމްބަރު ގައުމު ހިމެނޭ ގޮތަށް ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު އުފެދުނު ނޭޓޯގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ، ނާޒީންގެ ފަހުން ޖަރުމަނު އާރާސްތު ކުރުމަށް ސަލާމަތީ ގޮތުން އެހީތެރިކަން ފޯރު ކޮށްދިނުމެއެވެ.މިހެން ކަމުން ނޭޓޯ ގެ އެންމެ މުހިންމު އެއް ބައިވެރި އަކީ ވެސް ޖަރުމަނެއެވެ.
ނަމަވެސް، ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ދަނީ ފާޅުގައި ޔޫރަޕް ގެ ގައުމުތަކާއި އެ ގައުމު ތަކުގެ ވެރިންނަށް ފާޑު ކިޔަމުންނެއެވެ.މިހެން ކަމުން އެމެރިކާ އާއި ޔޫރަޕްގެ 80 އަހަރުވީ ބަދަހި ގުޅުން ވަނީ ދުވަހަކު ގޯސް ނުވާ ވަރަށް ގޯސް ވެފައެވެ.އަދި މާޒް އިންތިހާބް ކާމިޔާބު ކުރުމާއެކު މި ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދާނެ ކަމަށް ބެލެވެއެވެ.އެމެރިކާގެ ކުރީގެ ރައީސް ރޮނާލްޑް ރޭގަން އަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ މާޒް ވަނީ މީގެ ކުރިން 100 އަށް ވުރެ ގިނަ ފަހަރު އެމެރިކާ އަށް ޒިޔާރަަތް ކޮށްފައެވެ.
އުމުރުން 69 އަހަރުގެ މާޒް އުފަންވެފައި ވަނީ ކުރީގެ ހުޅަނގު ޖަރުމަނުގެ ބްރައިލޯން ނަމަކަށް ކިޔާ އަވަށަކަށެއެވެ.އޭނާގެ ބަައްޕަ ޔޯކިމް ޖޯސެފް މާޒް އަކީ ކުރީގެ ފަނޑިޔާރެއެކެވެ.އަދި ޗާންސެލަރ މާޒް ނިސްބަތްވާ ޔޫނިޔަން ޕާޓީގެ މެމްބަރެއްވެސް މެއެވެ.ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ މާޒް ވަނީ މީގެ ކުރިން ފަނޑިޔާރުކަން ކޮށް އެ ގައުމުގެ އަސްކަރިއްޔާ ގައި ވެސް ހިދްމަތް ކޮށްފައެވެ.ޖަރުމަނު، ފްރާންސް އަދި އިނގިރޭސި ބަހުން ފަރިތަކަމާއި އެކު ވާހަކަ ދައްކާ މާޒް ސިޔާސީ މަސައްކަތާއި ގުޅުނީ 1972 ވަނަ އަހަރުއެވެ.ޔޫނިޔަން ޕާޓީގެ ޒުވާނުންގެ ގޮފީގެ މެމްބަރަކަށް މާޒް ވީ އުމުރުން އެންމެ 17 އަހަރުގަ އެވެ.2002 ވަނަ އަހަރުގެ އިންތިހާބުގައި ވެސް މާޒް ވާދަ ކޮށްފައި ވެއެވެ.އެ ފަހަރު ނާކާމިޔާބު ވީ ކުރީގެ ޗާންސެލަރ މާކެލް އާއި ވާދަ ކޮށްފައެވެ.
މާޒް ވަނީ އަންނަ އޭޕްރީލް މަހުގެ މެދުތެރޭ އާ ސަރުކާރު އެކުލަވާލާނެކަމަށް ބުނެފައެވެ.84 މިލިޔަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިންތިހާބުގައި މި ފަަހަރު ވޯޓު ލާފައި ވަނީ 59 މިލިއަން މީހުން ކަމަށް ޖަރުމަނުގެ މަސްދަރުތަކުން ހާމަ ކޮށްފައިވެ އެވެ.
މި ލިޔުން ކިޔާލުމުން