Saturday, October 31
މިރޭ ދަންވަރު ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އާއި މޮބައިލް އެޕްގެ ޚިދުމަތް މެދުކެނޑޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫއަރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ އެ ބޭންކުން ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން މިރޭ ދަންވަރު 2:00 އާއި 4:00 އާ ދެމެދު ބޭންކުގެ އިންޓަނެޓް ބޭންކިންގ އާއި މޮބައިލް އެޕްގެ ޚިދުމަތްތައް 60 މިނެޓަށް މެދުކެނޑޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މަޢާފަށްވެސް އެދިފައެވެ. މީގެ އިތުރުން ބީއެމްއެލް އިން ބުނީ ބޭންކުގެ އޭޓީއެމްތަކާއި، ޕޮސް މެޝިންތަކާއި، ޕޭމަންޓް ގޭޓްވޭއާއި، ކާޑު ޚިދުމަތްތަކުގެ އިތުރުން ޑޮލަރު ބުކްކުރާ ޕޯޓަލްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު