Saturday, October 31
މަރުކަޒުތަކުން ޓޯކަން މެދުވެރިކޮށް މަސްދަޅު ކޭސް ނެގޭ ގޮތަށް ހަމަޖައްސަނީ

މިއަހަރުގެ ރަމަޟާން މަހަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް މާލެ ސަރަހައްދުގެ މަރުކަޒުތަކުން ޓޯކަން މެދުވެރިކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަސްދަޅު ކޭސް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު، މިއަދުން ފެށިގެން މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު އެކަނި ކަމަށެވެ.

އަދި މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ހަމަޖައްސާފައިވާ އިންތިޒާމުތަށް ތެރޭގައި:

1- މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުމާ އެކު، މަސްދަޅު ކޭސް ރޭގަނޑު ދޫކުރުން.

2- ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖެއްސުން. މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒަކުން އެ ފަރާތަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. މިކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތަފުސީލު އިއުލާނު ކުރާނެ.

3- މަސް ކޭސް ބަލާދާއިރު، އެ ފަރާތެއްގެ އައިޑީކާޑާއި 3 މަސް ދުވަހުގެ ކަރަންޓު ބިލު ގެންދިއުން. އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ (3 މީޓަރަށް) 3 މަސްދަޅު ކޭސް.

މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:

1- މިފްކޯ ކޮމްޕްލެކްސް (މާފަންނު)- 200 ޓޯކަން
2- އެމް.ޓީ.ސީ.ސީ ސޯމިލް- 200 ޓޯކަން
3- ހެންވޭރު ދަނޑު- 100 ޓޯކަން
4- ގަލޮޅު ދަނޑު – ސެޓަޕް 1- 50 ޓޯކަން
5- ގަލޮޅު ދަނޑު – ސެޓަޕް 2- 50 ޓޯކަން
6- ގަލޮޅު ދަނޑު – ސެޓަޕް 3- 50 ޓޯކަން
7- ގަލޮޅު ދަނޑު – ސެޓަޕް 4- 50 ޓޯކަން
8- ސޯޝަލް ސެންޓަރު- 100 ޓޯކަން
9- ވިލިމާލެ – ވެމްކޯ ސައިޓް- 100 ޓޯކަން
10- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ- 100 ޓޯކަން
11- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)- 10- 100 ޓޯކަން
12- ހުޅުމާލެ – ހިޔާ ޓަވަރު 10- 100 ޓޯކަން
13- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް- 100 ޓޯކަން

މީގެން ކޮންމެ މަރުކަޒަކުން ވެސް ރޭގަނޑު 8.00 އިން 12:00 އަށް މަސްދަޅު ކޭސް ދޫކުރާނެ ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފޯނު ފަދަ ތަކެތި ބޭނުން ކުރުމަށް ދަތިވާ ފަރާތްތަކަށް، ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

އެގޮތުން އެފަދަ އެއްވެސް ދަތިކަމެއްވާ ފަރާތެއް ނަމަ، މަރުކަޒަށް ދިއުމުން އެ ތަނުގައި ތިބޭ މުވައްޒަފުން އެހީތެރިވެދޭނެކަން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު