Saturday, October 31
ކާނިވަލް ސަރަހައްދުގެ މަގު ބަންދުކުރުމާއި ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ވަގުތީ ބަދަލެއް

ކާނިވަލް ސަރަހައްދުގެ މަގު ބަންދުކުރުމާއި ގުޅިގެން އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކުގެ ޚިދުމަތަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، އާރްޓީއެލްގެ ދެ ރޫޓެއްކަމުގައިވާ އާރު 2 (ކާނިވަލް-ހުޅުމާލެ ފޭސް 1) އަދި އާރު 8 (ކާނިވަލް-ހުޅުމާލެ ފޭސް 2) ގެ ބަސް ރޫޓުތަކުގެ ޚިދުމަތް މިރޭ 7:00 އިން ފެށިގެން 12:00 އާ ހަމައަށް މާފަންނު ބަސް ޓަރމިނަލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

އަދި ހަމަ އެ ވަގުތު ތަކުގައި އާރް 10 ގެ އޯކިޑު ރޫޓުގެ ދަތުރުތަށްވެސް ކުރިއަށް ދާނީ އަމީރު އަހުމަދު މަގާއި، ސޯސަން މަގާއި، މަޖީދީ މަގުން ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

https://twitter.com/MTCCPlc/status/1892952115301306769

އިތުރު މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ނަންބަރު 1650 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު