ދިރާގުން ސެމްސަންގް ގެލެކްސީ S25 ، S25 ޕްލަސް އަދި S25 އަލްޓްރާ ދިވެހިރާއްޖޭގައި ލޯންޗުކޮށްފިއެވެ.
މި ފޯނު ލޯންޗު ކުރީ މިކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ލޯންޗު އިވެންޓްގައެވެ.
މި އިވެންޓްގައި ވަނީ ޕްރީ-އޯޑަރ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފައެވެ. އަދި މި އިވެންޓުގައި ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިންގ ޑިރެކްޓަރ އާއި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯނުތަކުގައި އޭ.އައި އެކުލެވޭ "ލައިވް ޓްރާންސްލޭޓް"، "ނޯޓް އެސިސްޓް" އަދި "ޖެނެރޭޓިވް އެޑިޓް" ފަދަ އައު ފީޗަރތައް ހިމެނެއެވެ. އަދި 200 މެގަޕިކްސެލްގެ ކެމެރާ، 5000 އެމް.އޭ.އެޗްގެ ބެޓެރީ އަދި "ސްނެޕްޑްރެގަން 8 އެލީޓް ޗިޕް" ހިމަނައިފައިވެއެވެ.
ދިރާގުން މި ފޯނުތަކަށް ޕްރީ-އޯޑަރ ކުރި ފަރާތްތަކަށް 12 މަސް ދުވަހުގެ ނިޔަލަށް މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ، ހިލޭ ގެލެކްސީ ބަޑްސް، އެއް އަހަރުގެ ހިލޭ ސްކްރީން މަރާމާތު އަދި 6 މަސް ދުވަހުގެ ގޫގްލް ވަން ޖެމިނައި އެޑްވާންސްޑް ސަބްސްކްރިޕްޝަން ހިލޭ ދީފައިވެއެވެ.
ދިރާގުގެ ނެޓްވޯކް މިހާރު ރާއްޖޭގެ އާބާދީގެ 60% އަށް 5ޖީ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ނެޓްވޯކް އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްފައިވެއެވެ.






