Saturday, October 31
މާހެފުމުގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު ޖާއިޒުވާނެ: ޑރ. ޝަހީމް
މާހެފުމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒު ކަމެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލި ސަޢީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖުތިމާޢީ އާދައެއް ކަމަށާއި، އެއި ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ ބިދުޢަ އަކަށް ނުވާނެ ކަމަށާއި، އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒު ކަމެއް ކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާލުވީ ހަމަ މިގޮތަށް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމގުެ ގޮތުން ތަންތަނުގެ ކުނިކަހައި ސާފުތާހިރުކުރުމާއި، ގެދޮރު ޒީނަތްތެރި ކުރުމަކީ ރިވެތި އާދައެއް ކަމަށެވެ. އަދި ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚްލާޞްތެރިވުމާއި، މަޢާފްކުރުމާއި، ތައުބާވުމާއި، އަޅުކަމަށް ތައްޔާރުވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. "ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް"، ވަޒީރު ވިދާޅުވިއެވެ. ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ޢާއިލާއާއި ރަހުމަތްތެރިންނާއި ގާތް ތިމާގެ މީހުން އެއް ތަނަކަށް އެއްވެ، ގުޅުން ބަދަހިކޮށް ޚާއްޞަ ކެއުންތައް ބޭއްވުމަކީ ދިވެހީންގެ ތެރޭގައި އަބަދުވެސް އޮންނަ އާދައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހުސޭނުބެ - 2025-02-21T19:51:29

    އެހެންތަ? ރޯދައަކީ އަޅުކަމެކެވެ. އެއްވެސް އަޅުކަމަކަށް ސަގާފަތެކޭ ކިޔައިގެންވެސް ކަމެއް އިތުރެއް ނުކުރެވޭނެއެވެ. ބަސް!