Saturday, October 31
ފުދުންތެރިކަން ކުޑަ 300 ޢާއިލާއަކަށް ކަދުރު ހަވާލުކުރުމަށް މަމްސް އެއިޑާއެކު އެއްބަސްވެއްޖެ

ކުރިއަށް އޮތް 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ފުދުންތެރިކަން ކުޑަ 300 ޢާއިލާއަކަށް ކަދުރު ހަވާލުކުރުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމަށްވާ މަމްސް އެއިޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ އަޙްމަދު ޢަދީލެވެ. އަދި މަމްސް އެއިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމުޢިއްޔާގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް، ފާޠިމަތު ޒައިން ޒަރީރެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އާޢިލާތަކަށް ބެހުމަށް ހަމަޖެހިފައިވަނީ މިކަމަށްޓަކައި ރާއްޖޭން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ވުޒާރާއާ ހަވާލުކޮށްފައިވާ ކަދުރެވެ.

މި މަސައްކަތް ހަވާލުކުރެވުނު މަމްސް އެއިޑް ޖަމްޢިއްޔާއަކީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމުޢިއްޔާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު