Saturday, October 31
ކުޅުދުއްފުށީގެ އަށް ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ހޯދައިފި

ކުޅުދުއްފުށި ސިޓީގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި އަށް ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ހޯދައިފިއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ކުޅުދުއްފުށީގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން އެ ސިޓީގެ 10 ގެއެއް ބަލައިފާސްކޮށް، 08 ގެއަކުން ވަނީ ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެކި އާލާތްތައް ހޯދައިފައެވެ.

ނަމަވެސް، މި ގެތަކުން ހޯދާފައިވާ ތަކެތީގެ ތަފްޞީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފަހަކަށް އައިސް ސިހުރުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިދިޔަ ހަފުތާގައިވެސް ތ. އަތޮޅު ވިލުފުށީ ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މީގެ އިތުރުންވެސް ސިހުރުގެ މައްސަލަތަކާ ގުޅިގެން މި ފަހުން ފުލުހުން ވަނީ ރ. އަލިފުއްޓާއި ރ. މީދޫގެ ގެތަކެއްވެސް ބަލައިފާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު