Saturday, October 31
މާލޭގައި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާތީ ސަބަބު ދެނަގަންނަން ފަށައިފި
މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، ފާހަގަކުރެވިފައިވާތީ އެކަން އެގޮތަށް ދިމާވާ ސަބަބު ދެނަގަތުމުގެ މަސައްކަތް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބަލަން ފަށައިފިއެވެ. އެ މިނިސްޓްރީން މިއަދު ބުނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓްރީން ވަނީ މޭލޭގައި ގިނަ އަދަދަކަށް ކޮތަރު އެއްވާ ޖުމުހޫރީ މައިދާނުގައި ބަލިވެފައިވާ ކޮތަރުތަކުގެ ސާޕްޕަލްވެސް ނަގާފައެވެ. ކޮތަރަށް ދިމާވެފައިވާ މައްސަލައިގެ ސަބަބު ދެނެގަނެވޭހާ އަވަހަކަށް އެކަން އާއްމުކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު