ރަސްފަންނު މަރާމާތުކުރުމުގެ މާދަމާ އިން ފެށިގެން ބަންދު ކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ އިން ބުނީ މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ބަންދުކުރުމަށް ނިންމައިފިއެވެ. ރަސްފަންނު މަރާމާތުކުުރުމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ އެ ފަރާތާއެކު ވެފައި އޮތް އެއްބަސްވުން ވަނީ އުވާލާފައެވެ.
އަލުން މަރާމާތުކޮށް ނިމޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ރަސްފަންނު ހަލާކުވެ ވީރާނެފައިވާތީ އެތަނުގެ ހާލަތާއި މެދު މިދިޔަ ހަފްތާގައި ރައިސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއާއި އެކު އެތަން މަރާމާތު ކުރުމުގެ ކަންކަން ސިޓީ ކައުންސިލުން ވަނީ ހަލުވިކޮށްފައެވެ.
މި ހަފްތާގައި ރަސްފަންނުގެ މޫދަށް އެރޭ ސަަރަހައްދުގައި ކިސަޑު ޖަމާވެފައިވާތީ އެ ސަރަހައްދު ވެސް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން