Saturday, November 14
މާލޭގައި މަސްދަޅު ދޫކުރަން ފެށުން މިރެއަށް ބަދަލުވެއްޖެ

1446 ވަނަ އަހަރު ރަމަޟާން މަހަށް މާލޭގެ ގޭބީސީތަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު މިރޭ ބަހަން ނިންމައިފިއެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ  މިއަދު 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފައެވެ. އަދި ބަހަން ނިންމިފާވާ ސަރަހައްދު ތައްވެސް މިހާރު ވަނީ ބަދަލުގެނެވިފައެވެ.

އެސްޓީއޯ އިން ބުނީ މިގޮތަށް ނިންމީ ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކަމަށެވެ.

 މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް

  • 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
  • 21 ފެބްރުއަރީ 2025- ބަންދު
  • 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
  • 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް

މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:

  • މާލޭގައި މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް • ވިލިމާލޭގައި: ވެމްކޯ ސައިޓް • ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ • ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

އެސްޓީއޯ އިން ބުނީ އިތުރަށް ގާއިމް ކުރެވޭ މަރުކަޒުގެ މައުލޫމާތު އެސްޓީއޯ އިން ހިއްސާކުރެވޭނެ ކަމަށެވެ.

1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ދެއްވާ މަސްދަޅު ކޭސް 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ބެހުމަށްވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަޑިކޮންނަ - 2025-02-20T13:45:42

    މިއަދު ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ބެހުމަށް ކުރިން ހަމަޖެހިފައިވާ ދުވަހާ ގަޑިއަށް " ކުޑަ ޗޭއްޖެ" އަތުވެއްޖެޔޯ. ބެެހޭނެ ދުވަހެއް ގަޑިއެއްވެސް ނޭންގެޔޯ. އާބާދީއާ ބެހޭ ބައިން ބުނި ވާހަކަ. މިފްކޯ އިން ބުނީ މިއަދު 2:30 ގަ ބަހަން ނުފެށޭނެކަމަށް. ހީވާގޮގޮތުން މިރޭ 8:30 ގަ ބަހަންފެށޭނެ. ކަރަންޓް މީޓަރ ނަންބަރު އެނގޭނެ ބިލް ފޯނުން ދައްކާލިމާ ރަނގަޅުވާނެތޯ އަހާލީމާ ބުނީ ހީވަނީ ރަނގަޅުވާނެހެނޭ. މިއަށް ވުރެ ޒިންމާދާރުކޮށް، ރައްޔިތުންނަށް ހިލޭދޭ އެއްޗަކަށް ވިޔަސް ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެގޮތަކަށް ކުރާކަމެއް ކުރުން ހަމަ ހެވަކަށް ނުވަނީބާވައެވެ. މާލޭގައި ދެ މަރުކަޒަކުން މަސްދަޅު ބަހާއިރު ދެމަރުކަޒުން މައުލޫމާތު މިދެނީ ދެގޮތަކަށެވެ. ހުރިހާ ނޫސް ތަކަށް މަޢުލޫމާތު ދީފައިވަނީ އެހެން ގޮތަކަށެވެ . މިފްކޯ މަސް ފިހާރަ ސޭޓުގެ ނިތްކުރީގަޔާ މިކޯގޯތިތެރެއަށް ވަންނަ މައިދޮރާށި ގައިވެސް މިއަދު 2:30 ން ފެށިގެން ބަހަންފަށާނެކމަށް ބޮޑު އަކުރުން ލިޔެފަ އެބަހުއްޓެވެ. ގަޑިޔަށް ދުވަހަށް ބަދަލެއް އަތުވެއްޖެނަމަ އެލިޔުން ބަދަލުކޮށްލުމުގެ ވިސްނުން ވެސް ނެތީ ހަމަ ރައްޔިތުމީހާ މި ހޫނު ގަދަ ގަޑީގަ ދެކޮޅަށް ދުވަން ޖެއްސުމަކީ ލިބޭ އުފަލަކަށް ވަނީބާވައެވެ.