Saturday, October 31
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ %77 ނިމިއްޖެ
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢުގެ %77 ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫޢުގެ ދަށުން ރަންވޭ އޭޕްރަން ސީ އާއި ޑީ އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 29.85 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ ތެރޭގައި މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއި، 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތުގެ އިތުރުން އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. ނ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތައް ފަސޭހަކުރުމުގެ ގޮތުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވައި، ފްލައިޓު ޖައްސަން ފެށީ 1 ޑިސެންބަރު 2019 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު